މަސްތުވާތަކެތީގެ މައްސަލައެއްގައި މާއެނބޫދޫ ސްކޫލް ޕްރިންސިޕަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލަ އެއްގައި ދ.މާއެނބޫދޫ ސްކޫލް ޕްރިންސިޕަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ‘ދުވަސް’ އަށް މަޢުލޫމާތު ދިން ގޮތުގައި މިހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހުންގެ އިންޓްލިޖެންސާއި ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 47 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ދ.މާއެނބޫދޫ ގެ ގެއެއް ބަލާފާސް ކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ސެލޯފިން ކޮޅަކާއި ހަ ރަބަރު ޕެކެޓު ވެސް ފެނިފައިވާ ކަމަށް އޮފިޝަލު މަޢުލޫމާތު ދިނެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ