ހޮނޑާފުށީގެ އެއްބަސްވުން ސަރުކާރުން އުވާލީ ޤާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފި

ހދ. ހޮނޑާފުށީގެ އެއްބަސްވުން ސަރުކާރުން އުވާލީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ދިޔަ  ހޮނޑާފުށީގެ އެއްބަސްވުން ސަރުކާރުން އުވާލުމުން އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާ ކުރުމުގެ ޙައްޤު އެ ރިސޯޓް ތަރައްޤީ ކުރަމުންދިޔަ ފަރާތަށް އޮންނާނެ ކަމަށްވެސް ސިވިލް ކޯޓުން ވަނީ ޙުލުމް ކޮށްފައެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން ހ. ގިރިތެރޭގޭ އަބްދުﷲ އަލީ އަށް ހޮނޑާފުށި ދޫކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ ކުރީކޮޅު އެރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ މައްސަލަ އަބްދުﷲ ގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ.
އެރަށުގެ އެއްބަސްވުން ބާތިލްކުރީ ފައިނޭންޝިއަލް ޑޮކިއުމެންޓްތައް ސަރުކާރަށް ހުށަހަޅާފައިނުވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޯޓުގެ ހުކުމުގައިވަނީ އެއީ ކުރިން ނޯޓިސް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި އެގްރިމެންޓް ބާތިލް ކުރުމުގެ ކުރިން އެއްވެސް ނޯޓިހެއް ސަރުކާރުން ފޮނުވާފައި ނެތް ކަމަށެވެ.
ރިސޯޓެއް ތަރައްޤީ ކުރުމަށް 2005 ވަނަ އަހަރު ދޫކޮށްފައިވާ ހޮނޑާފުށި ތަރައްޤީ ކުރުން ލަސްވީ އެކަމަށް ސަރުކާރުން ދޫކުރަންޖެހޭ ބައެއް ހުއްދަތައް ދޫކުރުން ލަސްވުމުގެ ސަބަބުން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ