ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ހައްލެ ހޯދުމަށް ޗައިނާގެ ސަރުކާރުން ރާއްޖެއަށް 34 ޖަނަރޭޓަރު ހަދިޔާކޮށްފައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވި މިހާރު ތ އަތޮޅަށް ކުރަމުންގެންދާ ދަތުރު ފުޅުގައި މިއަދު އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޗައިނާ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ޗައިނާގެ އެހީން ލިބުނު 34 ޖަނަރޭޓަރު މިހާރު މާލޭގައި އެބަހުރި ކަމަށާއި ވަރަށް އަވަހަށް ހާއްސަ ހަފްލާއެއްގައި ޖަނަރޭޓަރުތައް ރާއްޖެތެރެއަށް ފޮނުވުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގިނަ ރަށްތަކަކަށް ކަރަންޓުގެ ދައްޗާއި ކުރިމަތިލާން ޖެހިފައިވާ ރަށްރަށްކަމަށާއި މި ޖަނަރޭޓަރުތައް ގެނެސްފައިވަނީ އެކަން ހައްލު ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސައުވީސް ގަޑިއިރުގެ ކަރަންޓް ކަށަވަރުކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް ޗައިނާއިން 34 ޖަނަރޭޓަރު ވަނީ ގެނެސްފަ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ