ރައްޔިތުން ހަލާކުވެގެންދިޔައީ އެމްޑީޕީގެ ވެރިކަމުގައި: މުބީން

ރާއްޖޭގެ ރައްޔިތުން ހަލާކު ކުރި ވެރިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ފ.ބިލެއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. ޕީޕީއެމުން ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުން ހަލާކުކޮށްލައިގެން ނަމަވެސް ވަކި އާއިލާއަކަށް ވެރިކަން ހޯދައިދިނުންކަމަށެވެ.އެމްޑީޕީން އަބަދުވެސް މަަސައްކަތް ކުރަނީ ސަރުކާރަށް ނުހަނު ބޮޑެތި ޑިމާންޑް ތަކެއް ކޮށްގެން އެމްޑީޕީ މީހުން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށް ކަމަށް މުބީން ވިދާޅުވިއެވެ. މުހިންމު ގާނޫނުތައް ފާސްކުރާއިރު ވޯޓު ދޭން ބޭނުންވަނީވެސް ފައިސާގެ ބޮޑެތި ޑިމާންޑްތަކެއް ކުރުމަށްފަހުގައި ކަމަށް މުބީން ވިދާޅުވިއެވެ. ކޯލީޝަނަކާއި އެކު ވެރިކަން ކުރުމުގެ ގާބިލްކަން އެމްޑީޕީގެ ކިބައިގައި ނެތްކަން ހާމަކުރައްވަމުން މުބީން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ވެރިކަން ކުރައްވަން މަސައްކަތް ކުރައްވަން އުޅުއްވަނީ ތިން މަސް ދުވަހުގެ ވެރިކަމެއް ކަމަށެވެ.އެމްޑީޕީ ގެ ވެރިކަމުގައި ފ. އަތޮޅުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގާފައި ނުވާ ކަމަށާއި އެމްޑީޕީ ވެރިކަމުގައި މުޅި ފ. އަތޮޅު އޮތީ ބާކީ ކޮށްފައިކަމަށް މުބީން ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ އެމްޑީޕީ މީހުން އީޔޫ ޓެގް ކޮށްފަ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށް ވިދާޅުވާން ވަރަށް ޖެހިލުންވާނެ ކަމަށެވެ. އަދި އިނގިރޭސި ބަހުން އެފަދަ ވާހަކަފުޅެއް އިދިކޮޅު ކޯލީޝަންގެ ކެންޑިޑޭޓާއި ރަނިން މޭޓަށް ދައްކަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.އިދިކޮޅުން އަބަދުވެސް މަަސައްކަތް ކުރަނީ ނަޝީދަށް ވެރިކަން ހޯދައިދިނުމަށްކަން މުބީން ވިދަޅުވީ އިދިކޮޅު މީހުންނަކީ ހީލަތްތެރި ރޭވުންތަކެއް އަބަދުވެސް މަަސައްކަތް ކުރައްވާ ބައެއްކަމަށެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަނީ ނަޝީދުގެ ޕަޕެޓަކަށްވެގެން ކަމަށް މުބީން ވިދާޅުވިއެވެ.އެމްޑީޕީ މީހުންނަކީ ފ. އަތޮޅުގެ ބިޔަ ބޮޑު ޕްރޮޖެކްޓް ހުއްޓުވުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވަކާލާތުކުރި ބައެއްކަމަށާއި އަދި ރައްޔިތުން އަތުން އެ މަޝްރޫޢު ބީވެގެން ދިޔުމުގެ މައިގަނޑު ރޯލު ކުޅުނީ އެ ޕާޓީންކަމަށް މުބީން ވިދާޅުވިއެވެ. އެމްޑިޕީން ވެރިކަން ކުރި ޒަމާނުގައި އެ މީހުން ވެރިކަން ކޮށްފައިވަނީ ބާޓާ ސިސްޓަމަށް ކަމަށް މުބީން ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޙާބަށް އިޝާރާތް ކުރައްވާ މުބީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މިންވަރު ހާސިލްވި ވަރު ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ވަޒަންވެގެންދާނޭ ކަމަށެވެ. އެހެންކަމުން ފަރުދީ ޒިންމާ ރައްޔިތުން ނުނަގައިފިނަމަ ގައުމު ދާނީ ހަލާކުގެ މަގަށްކަމަށްވެސް މުބީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ