މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މިއަދު ހެނދުނުން ފެށިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ހެނދުނު 8:00 ހާއިރުން ފެށިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު އިރު، ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓް ދިންތާ ދެެތިން މިނިޓްގެ ތެރޭގައި ވަނީ ކަރަންޓް ކެނޑިފައިއެވެ.
ގާތްގަނޑަކަށް ދެގަޑިއެއހާ އިރު ފަހުން އަލުން ކަރަންޓްގެ ޚިދުމަތް ދޭންފެށި އިރު، ކަރަންޓް ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.
ފުރަތަމަ ކަރަންޓް ކެނޑުނުތާ ދެގަޑިއިރަށް ވުރެ ގިނައިރު ވެގެން ދިޔައިރު އަދިވެސް ބައެއް ހިސާބުތަކަށް އަލުން ކަރަންޓްގެ ޚިދުމަތްދޭކަށް ނުފެށެއެވެ.
މާލޭގެ ބޮޑު ބަޔަކުން މިއަދުވެސް ކަރަންޓް ކެނޑި ޚިދުމަތްތަކަށް ބުރޫ އެރި އިރު، މިދިޔަ ބުދަ ދުވަހުވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ.
މާލޭގައި ކަރަންޓްކެނޑުމުގެ މައްސަލަ އާއްމުވަމުން އަންނާތީ، ސްޓެލްކޯއަށް ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.
އަދި ކަރަންޓްގެ މައްސަލަ ބޮޑުވެގެން އުޅެނީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ސިނަމާލެ ބުރިޖަށް މަލެއިން ކަރަންޓް ނަގާތީ ކަމަށް ބުނެވެސް ބައެއް ފަރާތަތްކުން ވަނީ ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ