ރާއްޖޭގެ އުތުރާއި މެދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ދެކުނުގެ އަތޮޅުތަކުގެ ބައެއް ސަރަހައްދަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމުގައި މެޓުން ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގެ އުސްމިނެއްގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.
މިއަދުގެ މޫސުން: އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ