ބޭނުންވަނީ އަންހެނުން ބާރުވެރިކޮށް ސިޔާސީ ދާއިރާއަަށް ނެރުން: މެމްބަރު ރޮޒައިނާ

ބޭނުމަކީ އެމްޑީޕީގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، އެމީހުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނެރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ބޭނުމަކީ އެމްޑީޕީގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުން ކަމަށެވެ، އަދި އެމީހުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނެރުން ކަމަށާއި ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށްޓަކައި ކުރެވެންހުރި އެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރައްވާނެ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ 16 ވާ ހޮނިހިރު ދުވަހު އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސްކަމުގެ މަގާމަށް މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ