ފިޔާތޮށި އަހުމަދު މަނިކު އަވަހާރަވެއްޖެ

އަހުމަދު ހުސެއިން މަނިކު -- ފިޔާތޮށި އަހުމަދު މަނިކު -- ކޮވިޑް ބަލީގައި އަވަހާރަވެއްޖެ އެވެ. އޭނާ އަވާހަރަވި އިރު އުމުރުން 102 އަހަރެވެ.
އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ، އޭނާ އަތޮޅުވެރިކަން ކުރެއްވީ ށ. އަތޮޅާއި ނ. އަތޮޅުގަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ އިސް މަގާމުތައްވެސް ފުރުއްވެވި ފިޔާތޮށި އަހުމަދު މަނިކަކީ ދިވެހިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި އުމުރުން 100 އަހަރުން މަތީގެ މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ.
ފިޔާތޮށި އަހުމަދު މަނިކު މިއަދު އަވަހާރަވީ ދިވެހިންގެ މައި ހޮސްޕިޓަލް، ދަރުމަވަންތައިފައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަހުމަދުމަނިކަކީ ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ އާއިލާގެ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ