ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު ނިސްބަތްވާ ޕާޓި ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމެވީ މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އަދި މިއަދުން ފެށިގެން މިނިންމުމަށް އަމަލުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގަވައިފައެވެ.
އަދި މިކަމުގެ ސަބަބުން ގޮނޑި ގެއްލޭ މެމްބަރުންނަށް އަލުން ބާއްވާ ބައި އިލެކްޝަނުގައި ބައިވެރި ވެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ނިންމަވައިފައި މިވަނީ އެމެމްބަރަކު ހޮވުނު ޕާޓީގެ ފިކުރާއި ޚިލާފަށް ޕާޓީ ބަދަލުކުރުމުން މަސްލަހަތު ގެއްލޭނެތީ ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެއެެވެ.
ޕާޓި ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ