އޭދަފުށިން ކަރަންޓް ކެނޑެނީ، މައްސަލަ ހައްލެއް ނުވޭ!

ބ އޭދަފުޓަށް ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިންޖީނުތަކުގެ ތެރެއިން އިންޖީނެއް ފެއިލްވެ އެރަށުން ކަރަންޓް ކެނޑެން ފަށައިފިއެވެ.
އޭދަފުށިން ވާހަކަ ދެއްކި ބައެއް މީހުންބުނީ އިއްޔެވެސް އެކި ގަޑިތަކުގައި ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑިފައިވާ ކަމުގައެވެ. އަދި ކަރަންޓް ކެނޑެމުން ދާނެކަމަށް އިންޖީނުގެއިން އަންގާފައިވާކަމަށްވެސް އޭދަފުށީ ބައެއް މީހުން ބުންޏެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އޭދަފުށީ އިންޖީނުގޭނެވެސް އަދި ފެނަކަ ކޯޕަރޭޝަނުގެވެސް ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުއްޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން އިންޖީނުގެ ތެރެއިން މައްސަލަ ޖެހިފައިވަނީ އެންމެ ބޮޑު އިންޖީނުކަމަށްވާ 600 ކިލޯ ވޯޓްގެ އިންޖީނުގައެވެ.
ފެނަކަ ކޯޕަރޭޝަނުން 148 އިންޖީނުގެ މެދުވެރިކޮށް 152 ރަށަކަށް ގެންދަނީ ކަރަންޓް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ