ހުޅުމާލޭ އިން ކަރަންޓް ކެނޑި ދާނެ ކަމުގެ ބިރު ހީވެއްޖެ

ހުޅުމާލޭ އިން ކަރަންޓް ކެނޑި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ހުޅުމާލެ އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 13 ޖަނެރޭޓަރުގެ ތެރެއިން ދެ ޖަނެރޭޓަރު ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭ ގައި ޖަނެރޭޓަރުތަކުން ހުޅުމާލެއަށް ބޭނުން ކުރެވޭވަރަށް ކަރަންޓް ނުއުފެދޭތީ ވަނީ ބައެއް ހިސާބުތަކުން ކަރަންޓް ކަނޑާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ދެ ޖަނެރޭޓަރެއް ހުޅުމާލެ ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ