ފުލުހެއްގެ ގައިގައި ދަތްއެޅި ކަމުގެ ތުހުމަތު މެމްބަރު ނާޒިމަށް

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށް ތަހުގީގުކުރާ މައްސަލާގައި މިއަދު ބަޔާން ނަގައިފި އެވެ.
ނާޒިމް ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ފުލުހުންނާއި މެމްބަރުންނާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި އޭނާ ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށެވެ. ފުލުހުންނަށް ދިން ބަޔާނުގައި އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
މެމްބަރުންނާއި ފުލުހުންނާ ދެމެދު އެ ދުވަހު ހަމަނުޖެހުން ހިނގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމް ދިފާއުކުރަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅު ހަދައި، މަޖިލީހަށް ވެންނެވުމަށް އިދިކޮޅު މެމްބަރުން އުޅުއްވުމުންނެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ބެލުމުގެ ދަށުގައި މަޖިލިސް އޮއްވައި ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވެންނެވި ކަމަށް ބުނެ އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ތަހުގީގުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ. މި ދައުވާއާ ގުޅިގެން ގިނަ މެމްބަރުންތަކެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ