އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުން މިއަދު 14:00 އަށް!

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުގެ އަބްދުﷲ ރިޔާޒްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް މިއަދު މެންދުރު 14:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް ވަނީ އަންގާފަ އެވެ.
ރިޔާޒްގެ މައްޗަށް ފުލުހުން ކޮށްފައިވާ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުޙުމަތުގެ ތަޙުޤީޤަށް ބުރާސްފަތި ދުވަހުގެރޭ ހާޒިރުވެވަޑައިގަތުމުން، ފުލުހުން ރިޔާޒަށް އަންގާފައިވަނީ،  ނޫރުއްސަލާމް އަބޫބަކުރަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ފަރާތެއް ކަމަށެވެ. 
މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ، ފުލުހުން ހިންގާ އެ ތަހުގީގަށް ރިޔާޒު ހާޒިރު ކޮށްފަ އެވެެ. ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ރިޔާޒަށް އަންގާފައިވަނީ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ނޫން ފަރާތެއް ހަމަޖެއްސުމަށެވެ. ނޫރުއްސަލާމް ނޫން އެހެން ވަކީލަކު ހޯދުމަށް އެންގީ އޭނާ ސަސްޕެންޝަނުގައި ހުންނެވުމުންނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހޮނިހިރު ދުވަހު ވަނީ ނޫރުއްސަލާމްގެ ސަސްޕެންޝަން އުވާލައި، ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފަ އެވެ.
ބުރާސްފަތި ދުވަހުގެރޭ ރިޔާޒް ފުލުހަށް ހާޒިރު ކޮށްފައިވާއިރު، މި މައްސަލާގައި މީގެ ކުރިން ވެސް ރިޔާޒް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. އަދި މި މައްސަލަ އާއި ގުޅުން ހުރި މައްސަލައެއްގައި ރިޔާޒްގެ މައްޗަށް މީގެ ކުރިން ވަނީ ދަޢުވާއެއްވެސް ކޮށްފައެވެ.
ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ  ވަނީ އެފަހަރު ކޮށްފައެވެ.
އެމައްސަލާގައި ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ.
މީގެ އިތުރުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި މައްސަލައިގައި ގާނޫނޫ ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ