ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ގާސިމްގެ ހާލުކޮޅު ސީރިއަސްވެ އެޑްމިޓުކޮށް ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހުގެރޭ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމަށް ވެސް ގާސިމް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވުމާ ގުޅިގެން ގާސިމްއަށް ވަނީ ފުރޭގޮތް ނުވެފައެވެ.
ގާސިމް މިއަދު ހޮސްޕިޓަލުން ދޫކޮށްލިއިރު އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ވަނީ ތާވަލުކޮށްފައެވެ.
ގާސިމްގެ މައްޗަށް ދެން ކުރާ ދައުވާތަކަކީ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމްގެ ކޯޓަށް ހާޒިރުކޮށް ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ