ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑުކޮށްފައިވާ 54 ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން ގާނޫނީ ވަކީލު މައުމޫން ހަމީދު ގޮވާލައްވައިފިއެވެ.
މައުމޫން ހަމީދު މިއަދު ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައިވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށެވެ. އެހެންކަމުން ވަގުތުން އެ ނިންމުން ބާތިލު ކުރަން ޖެހެއެވެ. .@judiciarymv arbitrary action against lawyers contravened due process standards issued by Supreme Ct, & must be revoked immediately. pic.twitter.com/pGMLyIgwR7— Maumoon Hameed (@maanhameed) September 13, 2017
ޕެޓިޝަންގެ މައްސަލާގައި 54 ވަކީލަކު ސަސްޕެންޑުކޮށްފައިވަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވި އެއްވުމާއި ގުޅިގެން ކަމުގައި ބުނެއެވެ.
ސަސްޕެންޑު ކުރީ ބިރު ދައްކަން ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް އެ ވަކީލުން ވަނީ ބުނެފައެވެ.
ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން މައުމޫން ހަމީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ