ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެންބަރުންގެ މައްސަލައި އާދީއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.
އެގޮތުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްސަލަ ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:15 އަށެވެ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްސަލަ ތާވަލު ކޮށްފައިވަނީ 10:45 އަށެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދުގެ މައްސަލަ މެންދުރު 1:15 އަށް ތާވަލުކޮށްފައިވާއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްސަލަ ތާވަލު ކޮށްފައިވަނީ 2:15 އަށެވެ.
މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދިފައިވެއެވެ.
އެ މައްސަލައިގައި އަންގާރަ ދުވަހު ވަނީ މެންބަރު ވަހީދުއާއި މެންބަރު ސައުދުގެ މައްސަލަ ބާއްވާފަ އެވެ. މެންބަރު ސައުދުގެ މައްސަލައިގެ އަޑުއެހުން ވަކި ހިސާބަކުން މެދުކަނޑާލިއިރު، ބުދަ ދުވަހު ވެސް ސައުދުގެ މަ
ތަފްސީލު އަންނަނީ
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ