ދަން ވަގުތެއްގައި އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާއްމުވެއްޖެ

ރޭގެ ދަން ވަގުތެއްގައި އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލް ސުޕްރީމް ކޯޓުން ނިކުމެވަޑައިގެންނަވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިޔާގައި އާއްމު ވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އަޑު ފެތުރެމުންދާ ގޮތުގައި އަނިލްއާއި އެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު ޝިޔާމް ވެސް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެދެ ބޭފުޅުން ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި ދައުރު ވަމުން މިދާ ފޮޓޯއާ ބެހޭ ގޮތުން އަނިލް އަދި މިހާ ތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ގިނަ ބަޔަކު ދަނީ މިހާ ދަން ވަގުތެއްގައި އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންފައި ވަނީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ