ސުޕްރީމް ކޯޓަށް ގޮންޖަހައި ބާއްވާ ބައި އިލެކްޝަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭ: މަހްފޫޒް

ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފު ކަމަށާއި އެނިންމުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަނެއް ބާއްވާނަމަ އެކަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
މަހްފޫޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަހްފޫޒް ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ  ގުޅިގެން ރާއްޖޭގެ  ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅޭގޮތުން އެކޯޓުން ނިންމި ނިންމުމާމެދު ސުވާލު އުފެދުނީމާ ލިބުނީ ހައިރާން ކަމެއް ކަމަށާއި އެއީ އެއްވެސް ވަރެއްގެ އޮޅުމެއް އަރާ ނިންމުމެއް ނޫން ކަމަށެވެ.
މަހްފޫޒް ވިދާޅުވީ  އެއްވެސް ކަމެއްގައި ވެފައިވާ ޔަޤީންކަމެއް ޝައްކަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުން އެހާ ސާފު އިރު އެކަމަށް ސުވާލު ފެއްދުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.
މަހްފޫޒް ސައީދު ވިދާޅުވީ ޤާނޫނު އަސާސީގެ 74  ވަނަ މާއްދާގެ ދަށުން ގޮނޑިއަކާމެދު ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެނޫން އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށެވެ. އަދި އެމާއްދާގެ ދަށުން މެންބަރުން ތަކެއް އެކޯޓަށް ހުށަހެޅުއްވީ  އެމެންބަރުންގެ ގޮނޑި ގެއްލިޖެ  ކަމަށް އިލެކްޝަނުން ބުނެފައި ވާތީ އެކަމާ ގުޅޭގޮތުން ކަމަށެވެ.
.
ތަފްސީލް އަންނަނީ.......
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ