ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކޮށްފި

ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކޮށްފިއެވެ.
ިކަމާގުޅިގެން އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ބޭފުޅުންގެ އަދަދު ގިނަވެފައި ވާއިރު، ހުޅިމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި ޕްލޭންއެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިކަމަށާއި މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް (ވަންވޭ) ކުރުމުގެ މަސައްކަތް އިއްޔެ 13 ޖަނަވަރީ 2021 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
މިގޮތުން 20 މަގެއް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭ މަގުތަކަކީ: 
ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް އެޗްޑީސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއްކޮޅަށް ދުއްވޭ މަގުތައް ކަނޑައެޅުމުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ