މަޖިލިސްކުރާ
ގެއިން އަލަފާން ރޯވެ ދުންއަރަން މެދުވެރިވީ ކަރަންޓް ސޯޓެއްގެ ސަބަބުންކަމަށް
ބެލެވޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. 
އެމްއެންޑީއެފުން
ވިދާޅުވީ މިއަދު އިރުއޮއްސި ހައެއްޖަހާ އެހާކަންހާއިރު ރައްޔިތުންގެ މަޖިލީހުގެ
އިދާރާގެ ޗެމްބަރާއި ދިމާލުން ދުން އަރަން މެދުވެރިވީ ކަރަންޓް ސޯޓެއް ވެގެން،
ކަރަންޓް ނަރުތަކެއްގައި އަލިފާން ރޯވެގެންކަމަށް މިހާތަނަށް ބެލި ބެލުމުން
ފާހަގަވާކަމަށެވެ. އަދި މިހާދިސާގައި މަޖިލީހުގެ ޗެމްބަރަށްވެސް، އަދި އެއްވެސް
މީހަކަށްވެސް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. 
މިހާދިސާ
ހިނގުމާއެކު އެމްއެންޑީއެފާއި ފުލުހުން ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން
ފާށަފައެވެ.
އެސަރަޙައްދުން
އެއްޗެއް އެނދުމުން ދުވާ ކަހަލަ ވަހެއް ހުރިކަމަށް އެސަރަޙައްދުގައި ހަރަކާތެރިވި
ޕީއެސްއެމްގެ ރިޕޯޓަރ މައުލޫމާތުދިނެވެ.
މިހާދިސާ
ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ދަނީ
މަސައްކަތްކުރަށްވަމުންނެވެ.
    
    މަޖިލީހުގެ ޗެމްބަރުން ދުން އެރީ ކަރަންޓް ނަރުތަކެއްގައި ރޯވެގެން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            