ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމު ކުރެވިއްޖެ ނަމަ ކުރާނެ ކަންތައްތައްކުގެ ވައުދުތަކެއް ފުރަތަމަ ފަހަރަށް މިއަދު ހާމަކޮށްފިއެވެ.
ޖަރުމަނު ވިލާތަށް އަމިލައްޔަށް އަރުވާލެވިގެން ހުންނެވި ޖުމުހޫރީ ޕާޓީގެ ލީޑަރު ލީޑަރު ގާސިމް އިބްރާހީމް ޓްވިޓާ މެދުވެރިކޮށް މެދުވެރިކޮށް އިއުލާން ކުރެއްވި އެ ވައުދުތަކުގައި ފުރަތަމަ ވެސް ވިދާޅުވެފައިވަނީ އަމާންކަން ގާއިމު ކުރުމަށް ޝަރުއީ ދާއިރާއާއި ޖޭއެސްސީއާއި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަށް ސިޔާސީ ނުފޫޒު ނުފޯރާ ގޮތް ހައްދަވާނެ ކަމަށެވެ.
އަދި ސިފައިންނާ ފުލުހުންގެ އަދަދު އިތުރުކޮށް އެ ދެ މުއައްސަސާ ފުޅާ ކުރާނެ ކަމަށާއި މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި އަގުލަބިއްޔަތުން ނޫނީ ފުލުހުންނާއި ސިފައިން ވަކި ނުކުރެވޭ ގޮތް ހައްދަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮރަޕްޝަނާ ބޭކާރު ހަރަދުތައް ހުއްޓުވާ ކޮންމެ ދުވަހަކު 23 މިލިއަން ރުފިޔާ ސަލާމަތްކޮށްދޭނެ ކަމުގެ ވައުދެވެ. އެގޮތަށް ކަންތައްތައް ކުރުމުން ހަތް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ޖޭޕީގެ ވެރިކަމެއްގެ ވައުދުތައް ގާސިމް އިއުލާންކުރެއްވިއިރު ދާދި ފަހުން އޭނާ ވަނީ ޖޭޕީ ސަރުކާރެއްގައި ހިމެނޭނެ މިނިސްޓްރީތަކުގެ އަދަދާއި އެ މަގާމުތައް ދެއްވާނެ ބޭފުޅުންގެ ނަންތައް ވެސް ހާމަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ވައުދުތައް ހާމަ ކުރާއިރު އެމްޑީޕީން ވެސް ދަނީ އެ ޕާޓީގެ ސިޔާސަތުތައް ހާމަކޮށް މެނިފެސްޓޯ އެކުލަވާލަމުންނެވެ. މި ދެ ޕާޓީއަކީ ވެސް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީއެވެ.
ރިޔާސީ އިންތިހާބަށް އިދިކޮޅުން އެއް ކެންޑިޑޭޓް ނެރުމަށް މަސައްކަތް ކުރާއިރު އަންނަ މަހުގެ 10 ގެ ކުރިން ކޯލިޝަނަށް ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށް ގާސިމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ އަދަދު އިތުރު ކުރާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ