ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އުމަރު ނަސީރު ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ދަރަނީގެ މައްސަލައެއްގައެވެ. އަދި އެއީ އޭނާގެ މަސްލަހައްތު އޮންނަ ކުންފުންޏެއްގެ ދަރަނީގެ މައްސަލައެއް ކަން ވެސް ރާއްޖެޓީވީއަށް އެނގިފައި ވެއެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ރާއްޖެޓީވީއަށްް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިނުވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރި ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުމަރު ނަސީރު ޕާސްޕޯޓް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ