މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ނިންމުމަށްފަހު ވިޔަފާރިތަކާ ގުޅުންހުރި ހުރިހާ މަސްލަހަތުތައް ވަނީ ދޫކޮށްލާފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވިޔަފާރިއެއްގައި ހިއްސާތަކެއްގެ މައްސަލައަކާ ގުޅިގެން އުމަރު ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން ވަނީ އިއްޔެ އަމުރެއް ނެރެފައެވެ.
އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނީ އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ގުޅިގެންނެވެ. އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ކުރި ދައުވާއަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެކަމާ ގުޅިގެން އުމަރު ނަސީރު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ވިޔަފާރިތަކެއްގައި ހުރި ހިއްސާތައް މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި އެ ހިއްސާތައް ވަނީ އެކި ފަރާތްތަކަށް ބަދަލުކޮށްފައި ކަމަށެވެ.
އެކަންތައް ވާނީ މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އުމަރު ނަސީރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ގޮސް މައުލޫމާތު ސާފުކުރުމުން އެނގިގެން ގޮސްފައިވަނީ އެ އަމުރު ނެރުނު އިރު ޓޫރިސްޓު ސަބްމެރީންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ އެންމެ ފަހުގެ މައުލޫމާތު ކޯޓަށް ލިބިފައި ނުވާ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލައި ހުރިހާ ވިޔަފާރިއެއްގެ މަސްލަހަތު ވަނީ ދޫކޮށްފައި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ