އެއް ކެންޑިޑާޓަކަށް އިދިކޮޅު ޕާޓީތަކުގެ މެދުގައި އެއްބަސް ނުވެވިއްޖެ ނަމަ އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަންގެ ސަރުކާރެއްގައި ކެބިނެޓު އޮންނާނެ ގޮތް ޖުމްހޫރީ ޕަޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއުލާން ކުރައްވައިފިއެވެ.
ގާސިމް އިބްރާހީމް އެގޮތަށް ކެބިނެޓު އިއުލާން ކުރައްވާފައިވަނީ ޖަރުމަނުގައި ހުންނަވައިގެން ފޭސްބުކް ލައިވް މެދުވެރިކޮށް މިއަދު ދެއްވި މެސެޖެއްގައެވެ.
ޖުމްހޫރީ ކޯލިޝަންގެ ރައީސްގެ މަގާމަށް ގާސިމް އިބްރާހީމް ހަމަޖެއްސެވި އިރު ނައިބް ރައީސްގެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.
ކެބިނެޓުގައި 22 ވަޒީރަކު ހިމެނިވަޑައިގަންނަވާ އިރު އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި އަދާލަތުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމަނުއްވާފައިވެއެވެ.
އެގޮތުން މަޖިލީހުގެ ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދެއްވަން ހުށަހަޅުއްވާފައިވާ އިރު ނައިބް ރައީސް ކަމަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ނަމެވެ.
ގާސިމްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މަގާމުތައް ހަމަޖައްސަވާފައިވަނީ
1. ޑިފެންސް މިނިސްޓަރު އަލީ ވަހީދު
2. ބަނޑާރަ ނައިބު ނޫރުއްސަލާމް އަބޫބަކުރު
3. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
4. ފިނޭންސް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ
5. ހޯމް މިނިސްޓަރު އަބްދުﷲ ރިޔާޒު
6. ޓުރިޒަމް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް
7. ހައުސިން މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ
8. އާޓްސް އެންޑް ކަލްޗަ މިނިސްޓަރު ޔުމްނާ މައުމޫން
9. ކޮމިއުނިކޭޝަންސް އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
10. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދު
11. އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު
12. އެޑިއުކޭޝަން މިނިސްޓަރު ޑރ.އާސިމް މުހައްމަދު
13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަހުމަދު އިޔާޒު
14. ހެލްތު މިނިސްޓަރު ޑރ.ޝާހު މާހިރު
15. ޖެންދަ މިނިސްޓަރު ޝިދާތާ ޝަރީފު
16. ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
17. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް
18. ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން
19. ހިއުމަން ރިސޯސް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން
20. އެންވަރަމެންޓް މިނިސްޓަރު މުހައްމަދު ފަޔާޒު
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދޭން އުޅެން ވާނީ ހުވަފެނެއްގައި ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އެ ހުށަހެޅުމަކީ އެބޭފުޅާގެ ހުށަހެޅުން ކަމަށާއި ލިސްޓުގައި ތިބި ބައެއް ބޭފުޅުން އެއްބަސް ނުވުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށެވެ.
ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓު ގާސިމް އިޢުލާން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ