ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކުރުމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ފަރާތުން ހައިކޯޓަށް ހުށައަޅައިފިއެވެ.
މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ ގާނޫނީ ވަކީލް މަސްތޫރް ހުސްނީ ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަންތައްތަކެއް އެ އަމުރުގެ ދަށުން ހިނގާފައިވާކަމަށް ގާނޫނީ ވަކީލުންގެ ޓީމާށް ފެންނާތީ ކަމަށެވެ.
މީގެ އިތުރުން މަސްތޫރް ވިދާޅުވީ، އެ އަމުރަކީ ފުލުހުން ތަހުގީގު ކުރި މައްސަލަ އަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ކަމަށާއި އެހެންނަމަވެސް މިހާރު އެމައްސަލަ ވަނީ ފުލުހުންގެ އިދާރާއިން ބޭރުވެފައި ކަމަށެވެ. އެހެންކަމުން އެފަދަ އަމުރެއް އޮތުމުގެ ބެނުމެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
" ގާނޫނާ ގަވާއިދާ ހިލާފަށް ފުރައިގެން ނުދާނެ ކަމާއި މި އަމުރުގެ ބޭނުން މިހާރަކު ނެތްކަމަށް އަޅުގަނޑުމެން ދެކެން، އެހެންވެ މި އަމުރު ބާތިލް ކުރަން ހައިކޯޓުގައި އެދިފައި ވާނީ " ގާނޫނީ ވަކީލުން ވިދާޅުވިއެެވެ.
މީގެ އިތުރުން ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވީ، ތަހުގީގު ނިމިފައިވާއިރު، ދެދުވަހެއްގެ މަތިން ފުލުސް އޮފީހަށް ގާސިމް ހާޒިރު ކޮށްފައިވާއިރު އެދެ ދުވަހުވެސް ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދީފައިވާކަމަށެވެ. އެހެންކަމުން ތަހުގީގު ނިމިއްޖެ ކަމަށްވާނަމަ އިތުރަށް ފުރުމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ގާސިމް މައްޗަށް ތުހުމަތު ކުރަމުންދާ އެއްވެސް މައްސަލަ އަކީ އެއްވެސް ކަހަލަ އަސާސެއް އޮތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ. ރިޝްވަތު ދޭން ބުނިކަމަށް ބުނާ ވާހަކަ އަކީ ދައުވާ ކުރެވޭނެ މައްސަލަ އެއް ނޫންކަމަށާއި ގާނޫނީ ގޮތުން ކުށެއް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ،
ގާސިމް ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ