ހުއްދައާއި ނުލާ ވަދެ އޮފީހަށް ގެއްލުން ދިނުމުން ދައުވާ ކުރާނަން: މައުމޫން

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުއްޔަށް ހިފާފައިވާ އޮފީހަށް ހުއްދަ ހޯދުމެއްނެތި ވަދެ ގެއްލުން ދީފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މައުމޫން މިރޭ ކުރި ޓުވީޓެއްގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައިވަނީ މިރޭ ފުލުހުން ވަދެ އޮފީހުގެ ނަން ބޯޑާއި ދިދަ ވަނީ ގެންގޮސްފައެވެ.
ހ. ތެމާގައި ރައީސް މައުމޫން ކުއްޔަށް ހިފައި ހިންގަވަމުން ގެންދަވާ އޮފީހަށް ފުލުހުން ވަދެފައިވަނީ ސިވިލް ކޯޓުން ރައީސް މައުމޫން ހިންގަވަމުންދާ އޮފީހަކީ އެކޯޓުން ކޮށްފައިވާ އަމުރަކަށް ހުރަސްއެޅޭ ގޮތަށް ކުރައްވަމުންދާ ކަމަކަށްވާތީ އެކަން ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުމުންނެވެ.
ފުލުހުން ވަނީ މިއަދު ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރާނޭ ކަމަށް ވިދާޅުވެފައެވެ. ފުލުހުން ރައީސް މައުމޫނުގެ އޮފީހަށް ވަދެ ގެއްލުން ދިނުމުން ރައީސް މައުމޫނަށް ސަޕޯޓުކުރާ މީހުން ވަނީ އެސަރަހައްދަށް އެއްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ