ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައިކަމަށާ ދިވެހި ފުލުހުންނާއި ޖުޑީޝަރީން މިއަދު ނަގަހައްޓަވަނީ ގާނޫންތޯ ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލުކުރައްވައިފިއެވެ.
އެމަނިކުފާނު މި ސުވާލުކުރައްވާފައިވަނީ މިރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ކުރީގެ ނާއިބް ރައީސް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނުރާނަވަނީ ނުރައްކަލުގެ ތެރޭގައިކަމަށެވެ، އަދި ފުލުހުންނާއި ޖުޑީޝަރީން މިއަދު ނަގަހައްޓަވަނީ ގާނޫންތޯ ޑރ ޖަމީލު ވަނީ ސުވާލްކުރައްވާފައެވެ.
ޑރ ޖަމީލު ވިދާޅުވީ ދިވެހި ގައުމު މިއަދު އޮތީ އެކަން ބަލަންކަމަށެވެ.
ގާސިމް ދޫކޮށްލުމަށް ގޮވާލާ ލިޔެފައިވާ ލިޔުންކޮޅަކާއިއެކު ގާސިމްގެ ފޮޓޯއެއްވެސް ހިމެނޭގޮތަށް ޑރ ޖަމީލު ކުރައްވާފައިވާ ޓްވީޓްގައި ގާސިމް އިބްރާހިމްގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައިކަމަށާ ދިވެހި ފުލުހުންނާއި ޖުޑީޝަރީން މިއަދު ނަގަހައްޓަވަނީ ގާނޫންތޯ ސުވާލްކުރައްވާފައިވާއިރު، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ފުލުހުން ތައްޔާކުރި އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކޯޓުން ދިން އަމުރަކާއި ގުޅިގެންނެވެ.
އަދި ކްރިމިނަލް ކޯޓުން މިހާރު ވަނީ ގާސިމްގެ ބަންދުގެ މުއްދަތު ހަ ދުވަހަށް އިތުރުކޮށްފައެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ބުނެފައިވާއިރު، ގާސިމްގެ ބަންދާއިމެދު ގޮތް ނިންމުމަށް ބޭއްވި މަޖިލީހުގައިވެސް އިންޓެލް ރިޕޯޓް ފިޔަވައި އެހެން އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައެއް ނުވެއެވެ.
ގާސިމް މިނިވަންކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުންނާއި މުޅި ރާއްޖެއިންވެސް ގޮވާލަމުންދާއިރު، ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ހިންގަމުން ގެންދަނީ ގައިރު ގާނޫނީ އަމަލުތަކެއްކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
ގާސިމް އިބްރާހިމްގެ ފުރާނަވަނީ ނުރައްކަލުގައި: ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ