ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމަގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، މަޖިލީހުގެ ނައިބް ރަައީސްގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް އިންތިހާބުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ޕާޓީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ވަަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އެ ނޫންގޮތަކަށް އެމްޑީޕީގެ މެންބަރުން ވޯޓް ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕްގެ އެންމެ މެންބަރަކު ފިޔަވައި ހުރިހާ ބޭފުޅުންގެ ވޯޓުން މިގޮތަށް ނިންމީ. އެހެންވީމަ އެމްޑީޕީން މިވަނީ މިކަމުގައި ތްރީލައިން ވިޕެއް ނެރެފައި،" އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ނިންމާފައިވާ ގޮތަށް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމް އިބްރާހިމް، އަދި މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމަށް މޫސާ މަނިކް އިންތިހާބުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
"ގާސިމް އިބްރާހީމް ވިދާޅުވީ އެ ބޭފުޅާ ބޭނުންވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވޯޓް ކަމަށް. އެވޯޓް ލިބިއްޖެނަމަ ހޮވުން ވަރަށް ގާތް ކަމަށް ވިދާޅުވި،" އިބޫ ވިދާޅުވި އެވެ.
ބައެއް މެންބަރުން މަޖިލީހުގެ ނައިބް ރައީސްކަމަށް ޝައުގުވެެރިކަން ފާޅުކުރައްވާ އެ މަގާމަށް ކުރިމަތިލައްވާނެ ކަަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ އެއީ އެ ޕާޓީއަށް އޮތް ފައިދާއެއް ކަމަށާއި އެގޮތަށް ކަންވެގެން ގޮސްފިނަމަ މޫސައަށް ނައިބް ރައީސް ކަން ލިބުން ވަރަށް ގާތް ކަމަށެވެ.
މާދަމާ ބާއްވާ އަށާރަވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އައު މަޖިލީހުގެ މެންބަރުން ހުވާކުރުމާއި، އައު މަޖިލީހުގެ ރައީސްއައި ނާއިބް ރައީސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މިޖަލްސާ އޮންނާނީ މާދަމާ ހެނދުނު 11:00 ޖަހާއިރު އެވެ.
މަޖިލީހުގެ ރައީސަށް ގާސިމް، ނައިބަކަށް މޫސަ ހަމަޖައްސަން އެމްޑީޕީން ނިންމައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ