މާދަމާ ހަވީރު ހަޔަކުން ފެށިގެން ކެމްޕެއިން ކުރުން މަނާކޮށްފި

މާދަމާ ހަވީރު ހަޔަކުން ފެށިގެން ކެމްޕެއިން ކުރުން މަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާއި ބެހޭ އާންމު ގާނޫނުގެ ދަށުން 44 ވަނަ މާއްދާގެ ދަށުން ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު ހަޔަކުން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު ހަޔަކަށް ކެމްޕެއިން ކުރުމަކީ މަނާކަމެއް ކަމަށްވާތީ މަނާ ކަމަކަށްވާތީ މާދަމާ ހަވީރު ހަޔަކުން ފެށިގެން އާދިއްތް ދުވަހުގެ ހެނދުނު ހަޔަކަށް ކެމްޕެއިން ކުރުމަކީ މަނާކަމެއް ކަމަށެވެ.
މި މުއްދަތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އިންތިހާބަށް ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، ގާނޫނުގައިވާގޮތުގެ މަތިން ކެމްޕެއިން ކުރުން މަނާގަޑިތައް އިއުލާން ކުރިޔަށް ކޮންމެ އިންތިހާބަކާއި ގުޅިގެންވެސް ކެމްޕެއިން މަނާގަޑީތަކުގައި ކެމްޕެއިން ކޮށްގެން އެ ކޮމިޝަނަށް ޝަކުވާ ލިބޭކަމަށެވެ.
"ކޮންމެ އިންތިހާބަކާއި ގުޅިގެންވެސް އިއުލާންކުރަން. އެކަމަކުވެސް ޝަކުވާލިބޭ. ބޭނުންވަނީ މައްސަލަތަކެއް އުފެދޭގޮތް ނުވެ، ކެމްޕެއިންކޮށްގެން ޝަރީއަަތަށް ބަޔަކު ގެންދަން ނުޖެހޭގޮތް ހެދުން،" ފުވާދު ވިދާޅުވިއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2463 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ