ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލްކުރުމަށްފަހު ކެންސަލްކޮށްފި އެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ އިދާރީ މައްސަލައެއް ކުރިމަތިވެގެން ކަަމަށް ހައިކޯޓުން ބުނެ އެވެ. އަދި މާދަމާ ހެނދުނަށް މިމައްސަލައިގެ އަޑުއެހުމެއް ތާވަލްކުރާނެ ކަމަށް ވެސް ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވި ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވި އެމްޑީޕީގެ އަލީ އާރިފް އެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފަށް ނާކާމިޔާބުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސައިން އަރީފްއާ ވާދަކުރައްވައިގެން 22 ވޯޓުގެ ތަފާތުންނެވެ. ހުސައިން އަރީފަށް 655 ވޯޓް ލިބިވަޑައިގެންފައިވާއިރު އަލީ އާރިފަށް ލިބިވަޑައިގެންނެވީ 633 ވޯޓެވެ.
ނޮޅިވަރަމް ދާއިރާގެ އިތުރުން ހައިކޯޓަށް މީގެ ކުރިން ވެސް ވަނީ އަށް ދާއިރާއެއްގެ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވަނީ ހިތަދޫ މެދު ދާއިރާއާއި، ތިމަރަފުށި ދާއިރާއާއި، ފުނަދޫ ދާއިރާއާއި ކުރެންދޫ ދާއިރާއާއި ނައިފަރު ދާއިރާ އާއި ވިލިނގިލި ދާއިރާއާއި މަހިބަދޫ ދާއިރާ އަދި ފެލިދޫ ދާއިރާގެ މައްސަލަ އެވެ.
އިންތިހާބާ ބެހޭ ގާނޫނު ބުނެފަައިވަނީ އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުން ކަމަށެވެ. އިންތިހާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ވެސް އިންތިހާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބުގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ