15 އަހަރުގެ ތެރެއިން 10 އަހަރު ޓްރަމްޕް އިންކަމް ޓެކްސް ނުދައްކަވާން ފަޅާއަރައިފި

ފާއިތުވި 15 އަހަރުގެ ތެރެއިން 10 އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންކަމް ޓެކްސް ނުދައްކަވާ ކަމަށް އެެމެރިކާގެ މަޝްހޫރު ނޫސް ނިއުޔޯކް ޓައިމްސް އިން ބުނެފި އެވެ. އެ ނޫހުން ބުނީ ޓްރަމަޕް ފެޑަރަލް އިންކަމް ޓެކްސް ދައްކާފައި ވަނީ 2016 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ކަމަށެވެ. އެ އަހަރު ދައްކާފައި ވަނީ 750 އެމެރިކާ ޑޮލަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނިއުޔޯކް ޓައިމްސް އިން ބުނީ އެކި އެންޑޯސްތަކާއި ޓިވީ ޕްރޮގްރާމްތައް މެދުވެރިކޮށް 2018 ވަނަ އަހަރު ޓްރަމްޕްއަށް 427.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެެވެ. ޓްރަމަޕްގެ މިލްކިއްޔާތުގައި 2.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ނިއުޔޯކްޓައިމްސް އިން ބުނީ ޓްރަމްޕްގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ދައްކައިވައިގެން ޓެކްސް ދައްކަވައިފައި ވަނީ މަދުން ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ޓްރަމްޕް ވިޔަފާރިތަކަށް 434.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް 47.4 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ބުނެފައިވާ ކަމަށެވެެ. އެމެރިކާގެ އިންޓާނަލް ރެވެނިއު ޑިޕާޓްމަންޓަށް ޓްރަމްޕް ދައްކަވަން ޖެހޭ ފައިސާގެ އޮޑިޓްތަކެއްގެ މައްސަލަ ވެސް ނިއުޔޯކް ޓައިމްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މާލީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ 72.9 މިލިއަން ޑޮލަރުގެ ޓެކްސް ރިފަންޑެއް ހޯއްދަވައިފައިވާ ކަމަށާއި އެ މައްސަލާގައި 100 މިލިއަން ޑޮލަރު ދައްކަވަން ޖެހިދާނެ ކަމަށް ވަނީ ބުނެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. "އެއީ ފޭކް ހަަބަރެއް. ހަދައިގެން ދައްކާ ވަހާކަަތަކެއް،" ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް އޯގަނައިޒޭޝަންގެ ވަކީލެއް ކަަމަށްވާ އެލަން ގާޓެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި 10 އަަހަރުތެރޭ ޓްރަމްޕް ފެޑަރަލް ސަރުކާރަށް ޕާސަނަލް ޓެކްސްގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަވައިފައިވާ ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ