ކޮވިޑް-19: އައިޖީއެމްއެޗްގެ ދެ ލެބޯޓްރީ ޓެކްނީޝަނުން ފައްސިވެއްޖެ

އައިޖީއެމްއެޗްގެ ދެ ލެބޯޓްރީ ޓެކްނީޝަނުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީން ވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީ ގައި މަސައްކަތް ކުރާ ދެޓެކްނީޝަނުން ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެހެން ކޭސްތަކެއްކޭ އެއްގޮތައް އައިޖީއެމްއެޗް ލެބޯޓްރީ ކޭސްއާއި ގުޅިގެން ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި އައިޖީއެމްއެޗްގެ ލެބޯޓްރީ ޓެކްނީޝަނުންގެ ޖުމްލަ ވަނީ ތިނަކަށް އަރާފައެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެސް މީގެ ކުރިން ކޮވިޑް-19 ފެތުރި ތިން މީހަކު ނިޔާވެފައި ވެއެވެ. އެކްލަސްޓާ އިން ޖުމްލަ 40 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އެކްލަސްޓާ އިން އެންމެ ފަހުން މީހަކު ފައްސިވީ މިމަހުގެ 05 ވަނަ ދުވަހު އެވެ.
މިއަދު ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 5157 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ