ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ނިންމައި 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.އެގޮތުން މިރޭ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްޤު ހުކުމެއް ކުރުމުގެ އިނާމަކަށް ސުޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހް ނިންމެވުމުން ޔަޤީން ވެގެން ދިޔައީ ރައީސް ޔާމީންގެ ހުކުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި މިންވަރުކަމަށެވެ. މީގެ އިތުރުން އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ އެ ނިންމެވުމުން ޔަޤީންވަނީ ރައީސް ޔާމީނަށް ނުހައްޤުން ގަސްދުގައި އަނިޔާ ދެމުންދަނީ ސީދާ ރައީސް ސޯލިހްކަން ކަމަށެވެ. އަދި ސަރުކާރުން ކޯޓުތަކަށް ހަތަރެން ފަޔާ ބޮލާ ލޯވެސް ބާނާފައިވާކަން އެނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.ގާޒީ އަލީ ރަޝީދު ރައީސް ޔާމީނަށް ހުކުމް ކުރެއްވީ ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ދޭނެ ކަމުގެ ޔަޤީންކަން ދިނުމުން ކަމަށް މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން އަދުރޭގެ ވަރުގަދަ ފާޑުކިޔުންތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ