ދުވާފަރު ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާ ހޯދައި, މީހަކު ހައްޔަރުކޮށްފި

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި، މިމީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު ފިހާރައަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަަށްބުނެ އިއްޔެގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެދުވަހުގެ 19:40 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންކަމަށް ފުލުހުން ބުނެފައިވެއެވެ.ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 1050 ރުފިޔާ ހޯދާފައިވާއިރު، މިފައިސާތައް ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މިހާ އުޅެމުންދާ ގެއިންނެވެ. މިހާތަނަށް ބެލިބެލިމުން އެފިހާރައިން ވަގަށް ނަގާފައިވަނީ 1900 ރުފިޔާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިމައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ