އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިފައެއް ނުވޭ: އަބްދުﷲ ދީދީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއިން އޭނާ ތުންފަތުގެ އޮޕަރޭޝަނެއް ކުރެއްވި ކަމަށް ރާއްޖެއެމްވީގައި ގެނެސްދީފައިވާ ހަބަރު ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅަކާ ހަވާލާދީ ރާއްޖެއެމްވީގެ އެ ހަބަރުގައި ބުނެފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ބޮޑު ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި އެ އުއްތަމަ ފަނޑިޔާރަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވާ ކަމަށް އެ ހަބަރުގައި ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށެވެ.
28 ޖޫން 2018 އިން 18 ނޮވެމްބަރ 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު އަދާކުރި މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން . MMPRC ގެ ފައިސާއެއް އެއްވެސް ސިފައެއްގައި އަޅުގަނޑަށް ލިބިފައި ނުވާނެ. އަދި އެެއްވެސް ކަހަލަ ސާރޖަރީއެއް މިހާތަނަށް ހަދަންޖެހިފަނުވޭ. الحمد لله https://t.co/21m3Pfphz5— Dr. Ahmed Abdulla Didi (@AABDULLADIDI) July 29, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ