އައްޑޫ ސިޓީ ހިތަދޫ އަލީ އަބްދުﷲ މަރާލުމަށްފަހު އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮތްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިއެއްކަމަށްވާ އަލީ އަބްދުﷲ ، ސ .ހިތަދޫ ބުރުނީގެ، މަރާލުމަށްފަހު އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮތްވާ ފެނިއްޖެއެވެ
އައްޑޫ ލައިވް އިން ބުނެފައިވަނީ އޭނާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު ހިތަދޫ ސްކޫލް ފުރަގަހުގައި އޮންނަ އޮޅެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަލީ އަބްދުﷲ އަކީ ހިތަދޫގައި ހިނގަމުން އަންނަ "ޓޫވޭވް" ފިހާރައިގެ ވެރިޔާ ކަމަށާއި އޭނާ މަރާލާފައި އޮތް ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ އިރު މީގެ އިރުކޮޅެއް ކުރިން އޭނާގެ ހަށިގަނޑު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް އައްޑޫ ލައިވް އިން ބުނެއެވެ.
އަލީ އަބްދުﷲގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށް ހޮސްޕިޓަލް ސަރަހައްދުގައި ހުރި މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށްވެސް އެނޫހުން ބުނެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
.
އައްޑޫ ސިޓީ، ހިތަދޫ، ބުރުނީގެ، ޢަލީ ޢަބްދުﷲ (47އ) ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށާއި އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު 08:50 ހާއިރު ހިތަދޫ ސްކޫލާދިމާ ވަލުތެރެއިން ކަމަށްވެސް ފުލުހުން ބުނެއެވެ.
ޢަލީ ޢަބްދުﷲ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފޮޓޯ: އަޢްޑޫލައިވް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ