މައްސަަލައަކުން ތަނާޒުލު ވުމަށް ފަނޑިޔާރަކު ބޭނުންވާނަމަ އެކަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިކަން އާންމުކޮށް އަންގާފައިވަނީ އެކޯޓުގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ އާންމު ސިޓީއެއްގަ އެވެ.
މި ސިޓީގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ސޮއިކުރައްވާފަ އެވެ.
މިގޮތަށް ހަމަޖެއްސީ ބައެއް ފަނޑިޔާރުން މަގުބޫލު ސަބަބެއް ނެތި ބައެއް މައްސަލަތަކުން ތަނާޒުލުވަމުންދާތީ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދާތީ ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާން ވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 އާއްމު ސިޓީގައި ބުނެފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ހުއްދަ ގަވާއިދުން ލިބިގެން ކަމުގައި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ފަނޑިޔާރުންނަށް މައްސަލައަކުން ތަނާޒުލް ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ހަމަޖައްސައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ