ރޯދައިގެބަދިގެ: އެގް ސެލެޑް ސޭންޑްވިޗް

"ރޯދައިގެބަދިގެ" މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ އެގްސެލެޑް ސޭންޑްވިޗް ތައްޔާރުކުރާނެގޮތް
ބޭނުންވާތަކެތި:
6ބިސް ފެނުކައްކާ ކުދިކޮށް ކޮށާފައި
1 ސައިސަމްސާ ލުނބޯ ހުތް
1/4 ޖޯޑް މެޔޮނައިސް
1 ސައިސަމްސާ މަސްޓާޑް
1/4 ސަމްސާ ލޮނު
1/4 ސައިސަމްސާ އަސޭމިރުސް
1/2 ސެލެރީ ކުދިކޮށް ކޮށާފައި
1/4 ޖޯޑު ފިޔާ
4 ލެޓިއުސް ފަތް
8ފޮތި ޕާން
ތައްޔާރުކުރާނެގޮތް:
ތަށްޓަކަށް މެޔޮނައިސް،ލުންބޯހުތް، މަސްޓާޑް،ލޮނު އަދި ކުޑަ އަސޭމިރުސް ކޮޅެއް ލުމަށްފަހު ރަނގަޅަށް މިކްސްކުރާށެވެ. ދެން ބިސް،ސެލެރީ އަދި ފިޔާވެސް އެޅުމަށްފަހު މިކްސް ކުރާށެވެ. ދެންކުޑަ އިރުކޮޅަކަށް ފްރިޖްގައި ބެހެއްޓުމަށްފަހު ޕާންފޮތިތަކަށް ލެޓިއުސްފަތް ކޮޅެއްލާފައި ތައްޔާރު ކުރި ސެލެޑް އެޅުމަށްފަހު ސޭންޑްވިޗް ތައްޔާރު ކުރުމަށްފަހު ސާވްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ