ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދަށް ހަ ދުވަސް ޖަހައި ކޯޓުން ނެރުނު އަމުރު، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ދީފައި މިވަނީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ހުކުރުދުވަހު، އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުންނެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން، ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު މިއަދު ހެނދުނު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް 6 ދުވަސް ޖަހައި، އަނެއްކާވެސް އެމަނިކުފާނު ވަނީ ދޫނިދޫ އަށް ގެންގޮސްފަ އެވެ. ގާސިމް އިބްރާހީމް ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެރޭ އިޝާ ނަމާދާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ފުލުހުން އެގެއަށް ދިއުމަށްފަހު އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ސޮއިކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ އިސްތިއުނާފު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ