ވެލާނާގޭގެ ސާވާ ރޫމުން ކަރަންޓް ކެނޑި ހިދުމަތްތައް ހުއްޓިއްޖެ

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ ބިލްޑިންގައި ހުންނަ ސާވާ ރޫމުން ކަރަންޓް ކެނޑި ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ސާވާ އިން ކަރަންޓް ދިއުމާއި ގުޅިގެން އެ އިމާރާތުގައި ދެމުންގެންދާ ޕާސްޕޯޓް ހައްދައިދިނުމާއި އަދި އައިޑީ ކާޑު ހަދައިދިނުމުގެ ހިދުމަތް މިވަގުތު ވަނީ މެދުކެނޑިފަ އެވެ.
މީގެއިތުރުން ވެލާނާގޭގައި ހިންގާ އޮފީސްތަކުގެ ފޯންލައިންތަކާއި އިންޓަނެޓްގެ ހިދުމަތް ވެސް މިވަގުތު ވަނީ މެދުކެނޑިފަ އެވެ.
ވެލާނާގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ ވެލާނާގޭގެ ބައެއް ފަންގިފިލާތަކަށް ކަރަންޓް ލިބުނު ނަމަވެސް ސާވާ އިން ކަރަންޓް ގޮސްފައިވާތީ އޮފީސްތަކުގެ ހިދުމަތްތައް މިވަގުތަށް މެދުކެނޑިފައިވާ ކަަމަށެވެ.
މައުލޫމާތު ދިން ބައެއް މުވައްޒަފުން ބުނީ ވެލާނާގޭގައި ހުންނަ ސާވާއަށް ކަރަންޓް ދިނުމަކީ ހައުސިން މިނިސްޓްރީން ކުރާ ކަމެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް ވެލާނާގޭގެ ސާވާ ރޫމުން ކަރަންޓް ގޮސްފައިވާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ