ސިއްރު ހެކި ދިނުމަކީ އަނިޔާވެރިވުމަށް ކުރާ ކަމެއް: ގާސިމް

ސިއްރު ހެކި ދިނުމަކީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ސިއްރު ހެކިބަސް ދިނުމާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސިއްރު ހެކި ދިނުމަކީ އިސްލާމް ދީނުގައިވެސް އޮތް ކަމެއް ނޫން ކަމަށާއި އަދި ގާނޫނުއަސާސީގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ދެ ކަންތައްތަކާ ހިލާފަށް ގާނޫނެއްވެސް އަދި ގަވައިދެއް ވެސް ނުހެދޭނެ ކަމަށް ގާނޫނުއަސާސީގައިވެސް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ވީމާ ސިއްރު ހެކި އެއީ ބާތިލް ކަމެއް ކަމަށާއި އެއީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ