ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރި ކަމަށް ބުނެ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހާމަ ކުރި ކަމަށް ބުނެ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހާމަ ކުރި ކަމަށް ބުނެ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ހަމީދު ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
ދައުލަތުން ބުނެފައިވަނީ ހަމީދު ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކި ކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރައާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ.
ދައުލަތުން ބުނީ ކޮންމެ މީހަކަށްވެސް ބޭނުންވާ ވަޒީފާގައި އުޅުމުގެ ފުރިހަމަ އިހްތިޔާރާއި ރައްކާތެރިކަން އޮންނަ ކަމަށް ގާނޫނުގައި ބުނެފައި އޮންނައިރު ހަމީދު ވަޒީފައިން ވަކިކުރީ ގާނޫނުން ލިބޭ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.
ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ކޮމިޝަނާ އޮފް ޕޮލިސް އަށް އެކަން އަންގައި އަދި ހޯމް މިނިސްޓަރަށްވެސް އެކަން އަންގައިގެން ކަމަށާއި އެހެންނަމަވެސް ހަމީދު ވަޒީފައިން ވަކިކުރިއިރު އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށްވެސް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
މިމައްސަލަ ހަމީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން 2013 ވަނަ އަހަރުގެ ސެޕްޓްބަރު މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ހަމީދަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފަ އެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ހުކުމް ކުރީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
އެމްސީ ހަމީދަށް ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ