މާލޭގެ ބޮޑު ބަޔަކުން މިއަދު ވެސް ކަރަންޓް ކެނޑިއްޖެ އެވެ.
ކަރަންޓް ކެނޑުނީ މި އަދު 14:30 ހާއިރު އެވެ. ނަމަވެސް ކަރަންޓް ކެނޑެން ދިމާވި ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑިފައިވަނީ މާފަންނާއި މައްޗަންގޯޅީގެ އިތުރުން ހެންވޭރުގެ ބައެއް ހިސާބުތަކުންނެވެ.
ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ސާފުކުރަން ސްޓެލްކޯގެ އިސްވެރިންނަށް ގުޅިނަމަވެސް ފޯން ނުނަންގަވާތީ މިކަމާ ގުޅޭ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަނެއްކާވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ