އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާ، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
ޖަލްސާ ކެންސަލް ކުރިކަން އިއުލާނުކުރައްވަމުން އިއްތިހާދުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ ޖަލްސާ ކެންސަލްކުރީ މޫސުން ތަން ނުދޭތީ ކަމަށެވެ. ފަހު ވަގުތާއި ހަމައަށްވެސް ދިޔައީ ތައްޔާރުވަމުން ކަމަށެވެ.
ޖަލްސާ ބޭއްވުމަށް އިދިކޮޅު އިއްތިހާދުން ތައްޔާރުވަމުންދިޔައިރު ޖަލްސާ ބޭއްވުމަށް ހައުސިން މިނިސްޓްރީން އިއްޔެ ދިން ހުއްދަ މިއަދު ވަނީ ބާތިލު ކޮށްފަ އެވެ.
މިއަދު ހެނދުނު ނޫސްވެރިންނާއި ބައްދަލުކުރައްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ހުއްދަ ދިނީ އެމްޑީޕީ އަށް އެކަނި ކަމަށެވެ. އިއްތިހާދު ކިޔާ ބަޔަކު ޖަލްސާއެއް ބޭއްވުމަށް ނޫން ކަމަށެވެ.
މޫސުން ގޯސްވުމުން، އިއްތިހާދުގެ ޖަލްސާ ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ