މެމްބަރު އާޒިމް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި - ފުލުހުން

ރޭ މުޒާހަރާގައި ހައްޔަރުކުރި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ އާޒިމް ހައްޔަރުކުރުމަށްފަހު ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވި ކަމަށް މީޑިޔާތަކުން ހަބަރު ގެނެސްދިނުމުން އާޒިމްގެ ވަކީލު ވިދާޅުވީ އޭނާ ޕޮޒިޓިވް ވީ ކަމަށް ނުބެލެވޭ ކަމަށެވެ.
ވަކީލު ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވި ކަމަށް މިއަދުގެ މުއްދަތުގެ މަޖިލީހުގައި ފުލުހުން ވިދާޅުވެފައި ނުވާކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އާޒިމްގެ ބަންދަށް 10 ދުވަސް ޖަހާދީފަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ