ހުޅަނގު އައްސޭރީގައި އޮތް އަވަށެއް ބިމާ ހަމާކޮށްލުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

ހުޅަނގު އައްސޭރީގެ ބިންތަކުގެ ތެރެއިން ފަލަސްތީނުގެ ބިމެއް ކަމަށްވާ އަމޯނާ ނަަމަކަށް ކިޔާ އަވަށެއް ބިމާ ހަމަކޮށްލަން އިސްރާއީލުގެ ސުޕްރީމް ކޯޓުން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފިއެވެ.
ހުޅަނގު އައްސޭރީގައި އޮތް އެންމެ ދުވަސްވީ އެއް އަވަށް ބިމާ ހަމަކޮށްލަން އަމުރުކޮށްފައިވާއިރު މި އަވަށުން މީހުން ފޭބުމަށް ވަނީ 2 އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ. މި އަވަށުގައި 300 މީހުން ދިރިއުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އަވަށަކީ ފަލަސްތީނުގެ ބިމެއް ނަމަވެސް، މި ބިމުގައި ގެ އަޅައިގެން ދިރިއުޅެމުންދަނީ އިސްރާއީލް ރައްޔިތުންނެވެ.
އިސްރާއީލުގެ ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އެ އަވަށުގައި ދިރިއުޅެމުންދާ މީހަކު ބުނީ ކޯޓުން ނިންމި ނިންމުމަކީ ބޮޑު ގޯހެއް ކަމަށާއި މިއީ ސީދާ ބަޔަކަށް ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި އަވަށަކީ 1995 ވަނަ އަހަރު ފަލަސްތީނުގެ ސަރުކާރުން އިސްރާއީލުގެ ހުއްދަ ހޯދުމަކާއި ނުލާ ގާއިމުކޮށްފައިވާ އަވަށެކެވެ.
މި އަވަށް ބިނާކޮށްފައިވަނީ ފަލަސްތީނު ރައްޔިތެއްގެ ބިމެއްގައި ކަމަށްވީ ނަމަވެސް އިސްރާއީލުން ބުނެފައިވަނީ މި އަވަށް ހެދުމުގެ ކުރިން އެގައުމުގެ ސަރުކާރުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި އެ މަރުހަލާ ފުރިހަމަނުކޮށް މި އަވަށް ގާއިމުކުރުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ