އަލަށް ދިރާގުގެ ޕޯސްޓް ޕެއިޑް ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްޞަ ޕްރަމޯޝަނެއް ފަށައިފި

މިއަދުން ފެށިގެން ދިރާގެ ޕޯސްޓް ޕެއިޑް ޚިދުމަތް އަލަށް ހޯދާ ަފަރާތްތަކަށް ޚާއްޞަކޮށްގެން ޕްރަމޯޝަނެއް ފަށައިފިއެވެ.
ދިރާގުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް. އިބްރާހީމް އިމްޖާދު ޖަލީލް ވިދާޅުވީ 9 ހަފްތާ ވަންދެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ މިޕްރަމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ ޕޯސްޓް ޕެއިޑް ލައިނެއް އަލަށް ނެގުމުން ނުވަތަ ޕްރިޕެއިޑް ސިމް އެއް ޕޯސްޓް ޕެއިޑް ސިމް އަކަށް ބަދަލުކުރުމުން ކަމަށެވެ.
އިމްޖާދް ވިދާޅުވީ މި ޕްރަމޯޝަނުގައި ލިބޭނެ އިނާމުތަކުގެ ތެރޭގައި ޕްލޭ ސްޓޭޝަން ،4 އައިފޯން ،6 ސެމްސުންގހ 55 އިންޗީގެ 3ޑީ ޓީވީ، ފެންޓޮމް 3 ޕްރޮފެޝަނަލް ޑްރޯން، 15 އިންޗީގެ މެކްބުކް ޕްރޯ، ގޯ ޕްރޯ ހީރޯ 4 ބްލެކް، އައިޕޭޑް އެއަރ ،2 ސެމްސުންގ ގެލެކްސީ އެސް6، ފަދަ ތަކެތި ހިމެނެއެވެ.
އިމްޖާދު ޖަލީލް ވިދާޅުވީ މިފަދަ ޕްރަމޯޝަނެއް ދިރާގުން ފެށީ އަބަދުވެސް ގިނަ ބައަކު ދިރާގު ޕޯސްޓް ޕެއިޑް ޚިދުމަތަށް އެދޭތީ ކަމަށެވެ. ގިނަ އަދަދެއްގެ ޒުވާނުން، ވަޒީފާ ނެތި ތިބޭއިރު ޕްރިޕެއިޑް ބޭނުން ކުރި ނަމަވެސް ވަޒީފާ ލިބުމުން ޕޯސްޓް ޕެއިޑަށް ބަދަލުކުރަން ބޭނުންވާތީ ކަމަށެވެ.
އިމްޖާދު ވިދާޅުވީ ދިރާގުގެ ޕްރިޕެއިޑް ނަމްބަރެއް ޕޯސްޓް ޕެއިޑް ނަމަބަރަކަށް ބަދަލުކުރިނަމަވެސް ސިމް ބަދަލުކުރަން ނުޖެހޭނެ ކަމަށެވެ. ހަމަ އެ ސިމްގައި ޚިދުމަތް ލިބެމުންދާނެ ކަމަށެވެ.
އިމްޖާދު ވިދާޅުވީ 9 ހަފްތާއަށް ޕްރަމޯޝަން ކުރިއަށް ގެންދާއިރު ޕްރަމޯޝަން ނިމެންދެން ހުރިހައި ނަމްބަރުތައްވެސް ދާނީ ދައުރުކުރަމުން ކަމަށެވެ. ހަމައެކަނި މަދުވާނީ އިނާމު ލިބޭ ނަމްބަރުތައް ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.
އިމްޖާދު ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު މޯބައިލް ނެޓްވަރކްގެ ކަވަރޭޖް އެންމެ ފުޅައު ދާއިރާއެއްގައި ފޯރުކޮށްދެނީ ދިރާގުން ކަމަށެވެ. އަދި އެސަބަބަށްޓަކައި އަބަދުވެސް ދިރާގުގެ ކަސްޓަމަރުން ގެންދަނީ އެއިރަކަށް އެންމެ ފައިދާހުރި ޕެކޭޖްތަކާއި ޚިދުމަތްތައް އިޚްތިޔާރުކުރަމުން ކަމަށެވެ.
"3ޖީ އަށް ބެލި ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހައި ރަށަކަށް ދިރާގުގެ 3 ޖީގެ ޚިދުމަތް ލިބިގެންދާނެ. ރާއްޖޭގެ އާބާދީގެ 97 އިންސައްތައަށް މިހާރުވެސް ވަނީ 3 ޖީގެ ޚިދުމަތް ފޯރުކޮށްދެވިފައި. 4ޖީއަށް ބަލާއިރު އާބާދީގެ 55 އިންސައްތައަށް މިހާރު ވެސް ވަނީ 4 ޖީގެ ޚިދުމަތްވެސް ފޯރުކޮށްދެވިފައި. އޭޑީއެސްއެލްވެސް ފައިބަރ ނެޓްވަރކް މެދުވެރިކޮށްވެސް އެންމެ ފުޅައު ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދެމުން މިދަނީ ދިރާގުން."
އިމްޖާދު ވިދާޅުވީ އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އަބަދުވެސް ތަފާތު ޕްރަމޯޝަންތަކާއި ހަދިޔާ ލިބުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށާއި ރަމަޟާން މަހުން ފެށިގެން މެދުކެނޑުމެއް ނެތި އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ