ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ހަމަސް ދުވަހަށް ޖަލަށްލުމަށާއި ފުއާދުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ކޮމިޝަންގެ މެންބަރުކަމުން ވަކިވި ކަމަށް ނިންމާ ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ތިން ޕެރެގްރާފްގެ ނޫސް ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް ސަރުކާރުން މިމަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ.
އަދި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ޑިމޮކްރެސީ އާއި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމަށް ރާއްޖޭގެ ހުރިހާ މުއައްސަސާއަކުންނާއި ސިޔާސީ ފަރާތްތަކުން އިހުތިރާމް ކުރުމަށް ގޮވާލަނީ ގާތް ރަހްމަތްތެރިއެއްގެ ގޮތުން ގޮތުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އިންޑިއާއިން ފާޑު ކިޔާފައިވާއިރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ އަދި ކެނެޑާގެ އިތުރުން އދ. އިން ވެސް ސުޕްރީމް ކޯޓުގެ ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑު ކިޔާތީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވަނީ ރައްދު ދެއްވާފައެވެ. އަދި ސަރުކާރުން ވަނީ ރާއްޖޭގެ ގާނޫނު އަސާސީއަށް އިހްތިރާމް ކުރާނެ ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިންޑިއާއިން ވެސް ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ