ކްރިމިނަލް ކޯޓުން މި އަހަރު ނިމެންދެން މައްސަލަ ބަލައިގަތުން ހުއްޓާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވީނިއުސްއަށް މިއަދު ވިދާޅުވީ ކޮންމެ އަހަރުކުވެސް ޑިސެމްބަރު މަހު 15 އިން ފެށިގެން މައްސަލަ ބަލައިގަތުން އެ ކޯޓުން ހުއްޓާލާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކޯޓުން އެކުލަވާލަންޖެހޭ ތަފާތު ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް އެ ކޯޓުން ކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 15އިން ފެށިގެން އަޅުގަނޑުމެން މައްސަލަ ބެލުން ހުއްޓާލަން. އަދި އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓަށް އިހްތިސޯސް ލިބިގެންވަނީ ހަމައެކަނި ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ބެލުމެވެ.
ކްރިމިނަލް ކޯޓުން މިއަހަރު ނިމެންދެން މައްސަލަ ބަލައިގަތުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ