މައުމޫން ފެކްޝަނުން ބޭއްވި ޖަލްސާ ނިންމީ މުޒާހަރާއަކުން

01:16 މުޒާހަރާ ކުރުން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ޑީއާރްޕީގެ މުޒާހަރާގައި ބައިވެރިވި އެންމެ ކަހަލަ ގޮތަކަށް އަދިވެސް އެއްވެ ތިބީ އަލިވާގޭ ކައިރީގައެވެ.http://www.youtube.com/watch?v=j3kXrI-I3jM
00:51 އެމްޑީޕީގެ ސަޕޯޓަރުން އަލުން އަލިވާގޭ ކައިރިއަށް އަންނަ ކަމަށް ބުނެ މައުމޫން ފެކްޝަންގެ މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ އަލިވާގޭ ކައިރީގައެވެ. މުޒާހަރާ ހުއްޓަލިކަމެއް އަދި އިއުލާނެއް ނުކުރެއެވެ.
00:47 އަލިވާގޭ ދޮަށަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުން މިހާރު ވަނީ އެމީހުންގެ މުޒާހަރާ ހުއްޓާލިކަން އިއުލާންކޮށް އެ ސަރަހައްދު ދޫކޮށްލައިފައެވެ.
00:46 ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަޅުގަނޑުމެންގެ ނޫސް ވިދާޅުވުމުގައި ތިޔަބޭފުޅުނަށް ދިމާވި ދަތިތަކަށްޓަކައި ނިޔާހަތަށް މާފަށް އެދެމެވެ.
23:46 މުޒާހަރާގެ ބައިވެރިން މިހާރު ތިބީ އަލިކިލެފާނު މަގުގައި އޮތް ފުލުހުންގެ ފުރަތަމަ ސަފާ ހަމައިގަ އެވެ. ފުރަތަމަ އޮތީ މުގުރާއެކު ތިބި ފުލުހުންނެވެ. އޭގެ ފަހަތުގައި ޝީލްޑް ފުލުހުން އަދި އޭގެ ފަހަތަށް ރަޔަޓް ގިޔަރު ފުލުހުންނެވެ. މުޒާހަރާގައި އިސްކޮށް ތިއްބެވި މަހުލޫފާއި އަލީ އާރިފާއި އުމަރު ނަސީރާއި ނިހާނު ގޮވައިލަމުން ދަނީ މުލީއާގޭ ކައިރިން ޖުމްހޫރީ މައިދާނަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ. އެމީހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުންދަނީ އަޑު ހަރުކޮށެވެ. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
23:41 މިހާރު މުލިއާގެއާ ދިމާއަށް ދަނީ އެވެ. އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އެބަތިއްބެވެ. ފުލުހުން ތިބީ ތައްޔާރީ ހާލަތުގައެވެ.
23:39 ވަރަށް ގިނަ ފުލުހުން މިމަގު ބައްދާލައިގެން އެބަތިއްބެވެ. މުޒާހަރާގެ ބައިވެރިން ކުރިޔަށްދަނީ އެވެ. ފުލުހުންގެ ހުރަސްތައް ހުރަސްކޮށް މުލީއާގެއާ ދިމާއަށް އެބަދެ އެވެ.
23:32 މުޒާހަރާ މިހާރު އޮތީ އޭޑީކޭއާ ހަމައިގައެވެ. ކުލަ ހެދުމުގައި ތިބި ފުލުހުން ވެސް މި މުޒާހަރާގެ ތެރޭގައި އެބައުޅެ އެވެ. އަނެއްކޮޅުން އެމްޑީޕީގެ ސަޕޯޓަރުން އަލިވާގޭ ދޮަށަށް އިތުރު މީހުން އެއްކޮށް އެސަރަހައްދުގައި ހަމަނުޖެހުންތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
23:27 ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން މައުމޫން ފެކްޝަންގެ ސަޕޯޓަރުން މިހާރު ތިބީ މަޖީދީ މަގުގައެވެ. ބައެއް މީހުން ބުނަނީ މިސްރާބު އޮތީ މުލީއާގެ ކައިރިއަށް ނުވަތަ ޖުމްހޫރީ މައިދާނަށް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުތައް މިރޭ ފުލުހުން ވަނީ ކުރިޔާލާ ބަންދުކޮށްފައެވެ. މި ޖަލްސާ މުޒާހަރާއަކަށް ބަދަލުވެފައިވާއިރު އަލިވާގޭ ދޮށުގައި އަދިވެސް އެމްޑީޕީގެ ސަޕޯޓަރުން ކޮންމެވެސް ވަރަކަށް އަޑުގަދަ ކުރަމުން އެބަދެއެވެ.
23:23 އަލިވާގެއަށް ދާން އޮތް މަގު ފުލުހުން މިހާރު ވަނީ ބަންދުކޮށްލާފައެވެ. މިހާރު ގަލެއް ނޫކައެވެ. ނަމަވެސް މިހާރު ވެސް ރައީސް މައުމޫން ހައްޔަރުކުރުމަށް ދަނީ ގޮވައިލަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް އިސް ފަރާތްތައް ވެސް ހިމެނެއެވެ. މިހާރު ޑީއާރްޕީ މައުމޫން ފެކްޝަނުން މިރޭ ބޭއްވި ޖަލްސާ މުޒާހަރާއަކަށް ބަދަލުކޮށް މަޖީދީ މަގަށް ނުކުމެއްޖެ އެވެ. މިސްރާބު ހުރީ ޖުމްހޫރީ މައިދާނަށެވެ.
23:17 ރަޔަޓް ގިޔަރު ފުލުހުންގެ ވަރަށް ގިނަ ފުލުހުން އައިސް އެމްޑީޕީގެ ސަޕޯޓަރުތައް ފަހަތަށް ޖައްސައި އެއްވުން ރޫޅައިލުމުން އަނެއްކާވެސް ސަލްސާ ކުރިމައްޗަށް އެއްވެސް މައުމޫނު ހައްޔަރު ކުރުމަށް ގޮވަމުން އެބަދެއެވެ.
23:07 އިތުރު ފުލުުހުންނަށް އަނިޔާތައް ލިބެމުން އެބަދެ އެވެ. ވަރަށް ގިނަ ފުލުހުންގެ ބޮލުގައި ވެސް ވަނީ ގަލުން ޖެހިފައެވެ. އަދިވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުުހުން މިހާރު ވަނީ އެމްޑީޕީގެ ސަޕޯޓަރުން ސަލްސާ ރެސްޓޯރެންޓާ ހަމައަށް ޖައްސާފައެވެ. މިވަގުތު ގާއުކުން ވަނީ މެދު ކެނޑިފައެވެ. ނަމަވެސް މައުމޫނަށް ނިސްބަތްވާ ގޮތަށް ހުތުރު ބަސްތަކާއި ރައީސް ނަޝީދަށް ނިސްބަތްވާ ގޮތަށް ބައެއް ހުތުރު ބަސްތައް ގޮވަމުން އެބަދެ އެވެ.
23:03 މިހާރު އުކަމުން ދަނީ ވަރަށް ބޮޑެތި ގަލެވެ. ފުލުުހުން މަސައްކަތް ކުރަމުންދަނީ އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަހައްދުން ދުރައްޖެއްސުމަށެވެ. އެކަމަކު ގާއުކުން ހުއްޓުމަކަށް ނާދެ އެވެ. ފަހަތަކަށް ވެސް ނުޖެހެ އެވެ. ހަމައެގޮތަށް އަލިވާގެއާ ދިމާއިން ވެސް ދަނީ ބޮޑެތި ގާބުރިތައް އުކަމުންނެވެ.
23:01 ދެކޮޅުން ވެސް މެދު ނުކެނޑި ގާއުކަމުން އެބަދެ އެވެ. ދާދި ދެންމެއަކު ފުލުހެއްގެ އަނގަމަތިވެސް ވަނީ ފަޅާލައިފައެވެ. ވަރަށް ބައިވަރު ލޭތައް ފައިބަމުން އެބަދެ އެވެ.
22:58 މައުމޫން މަރާލުމަށް ވެސް ބައެއް މީހުން ގޮވަމުން އެބަދެ އެވެ. އަދި ހައްޔަރު ކުރުމަށް ވެސް ދަނީ ގޮވައިލަމުންނެވެ. ދޭތެރެއަކުން އަޑުގަދަ ކޮަށްލުމަށްފަހު ފެންނަނީ ދެ ފަރާތުން ވެސް ގަލާއި ފެނާއި މިރުސް ޕެކެޓް އުކަމުންނެވެ.
22:54 ދޭތެެރެ ދޭތެރެއިން އަލިވާގޭގެ ތެރެއިން އެއްޗެހި އުކާއިރު އަލިވާގެއާ ކައިރީ ހުންނަ މިސްކިތާ ހަމައިގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ދަނީ ގާ އުކަމުންނެވެ. މައުމޫންގެ ސަޕޯޓަރުން ތިބީ އަލިވާގޭ ދޮރާއްޓާ ހަމައިގަ އެވެ. ވަރަށް ގިނަ މީހުން ޖަމާވެފައި އެބައޮތެވެ. އަދިވެސް މީހުން ދަނީ ޖަމާވަމުންނެވެ.
22:51 މިހާރު އަލިވާގޭގެ ތެރެއިން ވެސް އެއްޗެެހި އުކަމުން އެބަދެ އެވެ.
22:43 ތިން ބިއްލޫރި ގަނޑެއް މިހާރު ވަނީ ތަޅާލައިފައެވެ. އަދިވެސް ގަލާއި ވެއްޔާ ފެން އުކަމުން އެބަދެއެވެ. މި ހަމަނުޖެހުން މައިތިރި ކުރުމަށް ފުލުހުން ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.
22:43 އެމްޑީޕީގެ ސަޕޯޓަރުނާއި އަލިވާގޭ ކައިރީގައި ތިބި ރައީސް މައުމޫންގެ ސަޕޯޓަރުން އެއްބަޔަކު އަނެއް ބަޔަކަށް ގަލާއިން ފެން އުކަމުން އެބަދެ އެވެ. މިރުސް ޕެކެޓް ވެސް އުކަމުން އެބަދެ އެވެ. ދެންމެ އެއްލި ގާބުރިއަކުން އަލިވާގޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ އެވެ.
އަލީވީގޭ ދޮަށަށް މީހުން އެއްވެ މައުމޫނާ ތަސްމީންގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ. އެސަރަހައްދަށް އެއްވެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓުުންތަކެވެ. އެތަނަށް އެއްވެފައި ތިބި މީހުންނަކީ އެމްޑީޕީގެ ހަރުގެއިން ދިޔަ ބައެކެވެ.
(މުޒާހަރާގެ ފޮޓޯ ލިބިފައިވާ ފަރާތްތަކުން 2747 އަށް އަށް އެމްއެމްއެސް ކޮށްދެއްވާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ